- Advertisement -ad image

ޕީޕީއެމްގެ ދަފުތަރުން 5000 މެންބަރުން ވަނީ ވަގަށް ނަގާފައި: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ދަފުތަރުން 5000 މެންބަރުން ވަގަށް ރައީސް ސާލިހު އަންގައިގެން ކޯލިޝަން ބައިވެރިންގެ ޕާޓީތަކުގެ ދަފުތަރަށް ބަދަލު ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ނޭންގި އެންމެ ގިނައިން މީހުން ވައްދާފައިވަނީ ޕީޕީއެމްއަށް ކަމަށް އިލެކްޝަނުން ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝުޖާއު ވިދާޅުވީ، މިވާހާކަތައް ފަތުރައިގެން މިއުޅެނީ ޕީޕީއެމުން ވަގަށް ނެގި މެންބަރުންގެ ވާހަކަ ހުއްޓާނުލާ ދައްކާތީ ކަމަށެވެ. އަދި އިލެކްޝަނުން ހާމަކޮށްފައިވާ 391 މީހުންގެ ލިސްޓް ހޯދަން އެދޭނެ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

އެހެން ޕާޓީއެއްގެ މެންބަރަކު ވަގަށް ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށާއި ތިއްބެވީ ވަރަށް ސާބިތު ކަމާއެކު ކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން ވަގަށް ޕާޓީއަށް މީހުން ވައްދާފައިވާނަމަ އެވާހަކަ ދައްކަންވެސް ޕީޕީއެމްއަށް ކެރޭނެ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޝަކުވާ ހުށަހެޅި ޖުމްލަ 1،208 މީހުންގެ ތެރެއިން، 391 މީހުން ނޭނގި ވައްދާފައިވަނީ ޕީޕީއެމަށެވެ. މިއީ ހުށަހެޅި ޖުމްލަ ޝަކުވާތަކުގެ 32.37 ޕަސަންޓެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ނޭނގި ޕާޓީއަށް ވައްދާފައިވަނީ 2019 އަހަރު ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ