- Advertisement -ad image

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއެތެރެ ކުރަން އުޅުނު 852 ގުރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގަނެފައިވަނީ މެއި މަހުގެ 30 ވަަނަ ދުވަހު ސްރީލަންކަން އެއަލައިންސް އިން ރާއްޖެ އައި ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާ ކަމާމެދު ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުވެގެން ބަލާ ފާސްކޮށް އިތުރަށް ސްކޭން ކުރުމުން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ޕެކިންއާއެކު 852 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީގެ އަގު އެއް މިލިއަން ފަސްދޮޅަސް ދެހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު ރުފިޔާ އަރާކަމަށް ވެސް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ.

ފަހަކަށް އައިސް ވައިގެ މަގުން އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ