- Advertisement -ad image

ރައީސް ސާލިހުގެ ރަނިންމޭޓުކަން ގާސިމަށް ހުށަހަޅުއްވައިފި: ޓޮމް

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިން މޭޓުކަން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ހުށަހަޅުއްވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ގާސިމް އާއި ބައްދަލު ކުރެއްވުމަށް މިއަދު މާމިގިއްޔަަށް ވަޑައިގެންފައެވެ. ގާސިމް އިބްރާހިމް ވަނީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ރައީސް ސާލިހުވެސް ވަނީ ކޯލިޝަންގެ އެހީތެރި ކަމާއެކު ފަސޭހަގޮތެއްގައި 2023 ގެ އިންތިހާބު ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ.

ޓޮމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ލީޑަރުގެ ރިޔާސީ އުއްމީދު ނިމުމަކަށް ގެނެސް ރައީސް ސާލިހުގެ ރަނިން މޭޓުކަން މިވަނީ ހުށަހަޅާފައި ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ރަނިން މޭޓުގެ މަގާމުވެސް ހައްގު ނުވަނީތީ ޓޮމް ވަނީ ސުވާލު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ