Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ގޮނޑުކޮށްފައި އޮތް ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތައް ހިމެނޭ ސަރަހައްދުން ކުނި ނެގުމަށް މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ. އެފްޑީސީން ސޯޝަލް މީޑިއާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބޮޑު ހޭދަ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެފްޑީސީން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުގެ އާންމު ތަންތަނުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މިއީ ގާތްގަނޑަކަށް 6.7 ލައްކަ ކުނި ކޮތަޅާ އެއްވަރުގެ މިންވަރެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީހުން ދިރިއުޅެން ފެށި މި ފްލެޓްތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުން މާޗް މަހުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އޭޕްރީލް މަހު 75,100 ރުފިޔާ އަދި މެއި މަހުން ޖޫން މަހުގެ ނިޔަލަށް 4.95 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މި ހަރަދުތަކަކީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ތަންތަނަށް ކުނި އުކާލުމުގެ ސަބަބުން، އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި ކުންފުނިން ކުރަންޖެހުނު އިތުރު ހޭދަތަކެކެވެ.

މިހާރުވެސް ފަހި ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގެ ކުރިމަތީގައި އޮންނަ ހުސްބިންތަކުގައި ކާޑުބޯޑާއި ބާ ފަރުނީޗަރު ފަދަ ތަކެތި ބޮޑެތި ފުނިތަކަށް ޖަހާފައި އެބަހުއްޓެވެ. “އެއް ޓަނަކީ 133 ކޮތަޅު ކުނި ނުވަތަ އެއާ އެއްވަރުގެ މިންވަރެކެވެ،” އެފްޑީސީން ބުނެފައިވެއެވެ. އިދާރާތަކުން ކުނި ނޭޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރި ނަމަވެސް، އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ މި މައްސަލަ ވަނީ ގޯސްވެފައެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަކުރުމަށާއި، އެންމެންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށް ވުރެ ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އާންމުންނަށް ގޮވާލާފައެވެ. ކުނި އުކާލުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ނޫނީ މި ބޮޑު ހޭދަ ކުޑަނުކުރެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ