Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މާލޭގެ މަގުތަކުގެ ރައްކާތެރިކަމަށް 6 މަސް ތެރޭގައި 21,000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 21,354 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިއަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގައި، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 118 އުޅަނދު ފާސްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައިފާސްކުރި އުޅަނދުތަކުގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާކޮށްފައިވާއިރު، 8,740 ފަހަރު ވަނީ ނަސޭހަތް ދީފައެވެ. މިއީ ބަލައިފާސްކުރާ ކޮންމެ 100 އުޅަނދަކުން 51 އުޅަނދެއް ޖޫރިމަނާ ކުރަންޖެހޭ ހާލަތްތައް މެދުވެރިވުމެވެ. މި މުއްދަތުގައި މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަށް 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ 10,263 ހަރަކާތެއް ވަނީ ހިންގާފައެވެ.

ޕާކިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ފުލުހުން ވަނީ އުޅަނދުތައް ޓޯކުރުމުގެ ކުރިން ވެރިފަރާތްތަކަށް އިސްކަންދީފައެވެ. އެގޮތުން، އަމިއްލައަށް އުޅަނދު ނެގުމަށް އެދި ވެރިފަރާތްތަކަށް 23,608 ފޯނު ކޯލު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ސައިކަލެވެ. ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ.

މަގުމަތީގެ ނުރައްކާތެރި ކުށްތަކަށް ބަލާއިރު، ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި ދުއްވި އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް ބަދަލު ގެނެސްގެން ދުއްވި އުޅަނދުތަކަށް ވެސް ފުލުހުން ވަނީ ގާނޫނީ ފިޔަވަޅު އަޅާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ޖޫރިމަނާ ކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސް ނެތުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ 59 ބާވަތެއްގެ ކުށަށް ފިޔަވަޅު އަޅާފައިވެއެވެ. މި ހަރަކާތްތަކަކީ މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ