Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަމާއި ދެފުށް ފެންނަ އުސޫލުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަމާއި، ދެފުށް ފެންނަ އުސޫލުތަކާއި އަދި ޒިންމާދާރުކަން އިތުރުކުރުމަކީ ވަރުގަދަ އަދި ވިލުންވެރި ގައުމެއް ބިނާކުރުމުގެ މުހިންމު ތަނބުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) މަތީ ފަންތީގެ އޮޑިޓް މުއައްސަސާތަކުގެ ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސައި ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ފައިސާ އާއި ތަރައްގީގެ އެހީތައް ބޭނުންކުރަންވާނީ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ލިބޭނެ ފަދަ ފައިދާހުރި ގޮތެއްގައި ކަމަށެވެ.

ޒިންމާދާރުކުރުވުމަކީ ހަމައެކަނި އިދާރީ ވާޖިބެއް ނޫންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ގައުމީ ތަރައްގީއާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށެވެ. “ޒިންމާދާރުކުރުވުމަކީ އިދާރީ މަސައްކަތަކަށްވުރެ ބޮޑަށް، ގައުމީ ތަރައްގީއާއި ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމު ބިންގަލެއް،” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދަރަނި މެނޭޖުކުރުމާއި، ކުއްލި ނުރައްކާތަކަށް އިޖާބަދިނުމާއި، އިގްތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމައުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް ރާއްޖޭގެ މާލީ ޒިންމާތައް އަދާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ވެރިކަން ހިންގުމުގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “މޯލްޑިވްސް 2.0” އިނީޝިއޭޓިވްގެ މަގްސަދަކީ ޒަމާނީ، ރައްޔިތުންނަށް ފަސޭހަ ޑިޖިޓަލް ސަރުކާރެއް ގާއިމުކުރުން ކަމަށެވެ. ޑިޖިޓަލް ވަސީލަތްތަކާއި، ޑޭޓާ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ނިންމުންތައް ނިންމުމުގައި ހަރުދަނާކަން ގެނެވި، އާންމު ހިދުމަތްތައް ފުރިހަމަ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2026 އިން 2029 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން ވެސް އިފްތިތާހު ކޮށްދެއްވާފައެވެ. އއ. އުކުޅަހުގައި ބޭއްވި މި ސިމްޕޯޒިއަމްގައި ކުދި ޖަޒީރާ ގައުމުތަކުގެ މަތީ ފަންތީގެ އޮޑިޓް މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ