Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މިދިޔަ ސަރުކާރުގައި މަސައްކަތް ނުފަށާ ހުރި ސިއްހީ މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވޭ: މިނިސްޓަރު ގީލާ

ad image

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ސަރުކާރުގައި ސިއްހީ ދާއިރާގެ އެކި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ލަސްވެ ނުވަތަ އެއްގޮތަކަށްވެސް ނުފެށި ހުރި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ކުރިން ފާސްކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރުން ވަނީ ހުއްޓިފައި ހުރި މަޝްރޫއުތައް މުރާޖައާކޮށް، އެކަންކަމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، އެއްގޮތަކަށްވެސް މަސައްކަތް ފަށާފައިނުވާ 16 މަޝްރޫއެއްގެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެއްބަސްވުން ބާތިލުކުރި މަޝްރޫއުތަކަށް އެޑްވާންސްގެ ގޮތުގައި ދޫކުރި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު، އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެހެން ގޮތްތަކެއް ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ސިއްހީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަން ކަށަވަރުކުރުން ކަމަށެވެ. މީގެ އިތުރުން، ރަށްރަށުގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ލެބޯޓްރީގެ ހިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

އުމްރާނީ ތަރައްގީގެ އިތުރުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެހެނިހެން ނިޒާމުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމާޒަކީ ހަމައެކަނި އިމާރާތްތައް ބިނާކުރުން ނޫން ކަމަށާއި، އެ ތަންތަނުން އިތުބާރު ހުރި ހިދުމަތެއް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަށަވަރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ