- Advertisement -ad image

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ޒުވާނުން ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ޒުވާނުން ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވެއްޖެއެވެ. ރަސޫލާ އަށް ފުރައްސާރަކުރުން މި ހަރަކާތުގެ ބައިވެރިން ވަނީ ކުށްވެރިކޮށްފައެވެ.

މާލޭގެ މަގުތަކުގައި ސައިކަލު ބުރު ކުރިއަށް ދިޔަ އިރު ގިނަ ބަޔަކު ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އަދި މި ސައިކަލު ބުރުގައި ބައިވެރިވި ޒުވާނުން ދިޔައީ “ﷲ އަކްބަރު” ގޮވަމުންނެވެ.

މި ހަރަކާތުގެ މުހިންމު މަގުސަދަކީ މާތް ނަބިއްޔާއަށް ނަސްރުވެރިކުރުވުން ކަމަށް ހަރަކާތުގެ ބައިވެރިން ވަނީ ހާމަކޮށްފައެވެ. ހަރަކާތުގެ ބައިވެރިން ވަނީ ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. ޒުވާނުން ބުނެފައިވަނީ މިއީ މިފަދަ ހަރާކަަތެއްގެ ފެށުން ކަމަށެވެ. އެގޮތުން މި ބުރު ނިންމާލައިފައިވަނީ ހާއްސަ ދުއާއެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. الحمدالله ربلعلمين ގިނަޒުވާނުނތިބީ މޑޕ.ގެބާރުކެޑިފާކަން ސަިކަލުބުރުން އަށްގަދީފި ماشاالله

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ