Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެމްއޭސީއެލްއިން އެވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އިފްތިތާޙުކޮށް، ފުރަތަމަ ބެޗް ދަސްވެނި ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މާލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އޭއައިއެމް) ރަސްމީކޮށް އިފްތިތާޙުކޮށް، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނީންނަށް ސެޓްފިކެޓް ދީފިއެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، މި އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ދިވެހިރާއްޖޭގެ ޤައުމީ ތަޢުލީމީ ކޮލެޖުގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މި ރަސްމިއްޔާތުގައި އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ޚާއްޞަ އެވޯޑުތައް ހަވާލުކޮށްދެއްވީ ޑރ. މަޙްމޫދު ޝައުޤީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ډިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އޭއައިއެމް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މިއީ އެއާޕޯޓް އިންޑަސްޓްރީއަށް ޤާބިލު މުވައްޒަފުން ތައްޔާރުކުރުމަށް އެމްއޭސީއެލްއިން ދުރު ރާސްތާއަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޑރ. މަޙްމޫދު ޝައުޤީގެ ވާހަކަފުޅުގައި، ރާއްޖޭގައި ފަންނީ މަސައްކަތްތެރިން ބިނާކުރުމަށް އެމްއޭސީއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ. އަދި މި އިންސްޓިޓިއުޓަކީ ރާއްޖޭގެ ފަންނީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭއައިއެމްއިން ފުރަތަމަ ހިންގި އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކާއި ޤައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް އެކުލަވާލާފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ޕްރޯގްރާމެކެވެ. 1 ޖޫން އިން 9 ސެޕްޓެމްބަރު 2025 އަށް ކުރިއަށްގެންދިޔަ މި ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްއަށް އަލަށް ގުޅުނު މުވައްޒަފުން ތަމްރީނުކުރުމަށް ފަރުމާކުރި ކޯހެކެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މިފަދަ ތަމްރީނު ޕްރޯގްރާމްތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ