Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދުންފަތުގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ޖަމިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ބައިވެރިކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށާއި، އިޖުތިމާއީ އަދި ތަރައްޤީގެ އެކި ދާއިރާތަކާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ނިންމި ނިންމުންތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށްޓަކައި ‘ޖެނެރޭޝަނަލް ސްމޯކިން ބޭން’ ސްކޫލް ނިޒާމުގެ ތެރެއަށް ވެއްދުން ހިމެނެއެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮމިއުނިޓީ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތުގައި މަދަނީ ޖަމިއްޔާތަކާއި، ޒުވާނުން އަދި ކުޅިވަރު ދާއިރާގެ ފަރާތްތައް ބައިވެރިކުރުމުގެ އިތުރުން، ޤައުމީ ޓީމުތަކުގައި ވާދަކުރެވޭނީ ހަމައެކަނި ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތުލީޓުންނަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ފުރިހަމަ ވަސީލަތްތަކާއެކު ޚިދުމަތްދޭ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ސަރުކާރުން އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

ސަލާމަތީ އަދި ޤާނޫނީ ފިޔަވަޅުތަކަށް ބަލާއިރު، ޖަލުތަކަށް ސިމް ކާޑު ސްމަގްލް ކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީންނަށް ދޫކުރެވޭނީ އެންމެ ސިމް ކާޑެއް ކަމަށް ކަނޑައަޅައި، ބަދަލުގައި ސިމް ދޫކުރެވޭނީ ފުލުހުންގެ ކްލިއަރެންސް މަރުހަލާއަކަށް ފަހު ކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކެބިނެޓުގެ އެހެނިހެން މުހިންމު ނިންމުންތަކުގެ ތެރޭގައި، ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ބައިތިއްބާ މިންވަރު މަދުކުރުމަށް ފިޔަވަޅު އެޅުމާއި، ކޮޕާ ވަޔަރު ވަގަށް ނެގުމުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ. އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ފަތުރުވެރިންގެ އަތުން ނަގާ ވައިގެ ދަތުރުފަތުރުގެ އަގުތައް މުރާޖައާ ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ