Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޖުލައި މަހު އަނިޔާއާއި ގޯނާގެ 228 މައްސަލަ ރިޕޯޓްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ 228 މައްސަލައެއް ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 88 މައްސަލައެއް މި ދާއިރާއިން ވަނީ ރެކޯޑުކުރެވިފައެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ އަޅާނުލުމުގެ މައްސަލަތަކެވެ. މި ބައިގައި ޖުމްލަ 22 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެން ކުދިންނާއި 16 އަންހެން ކުދިންނާ ގުޅޭ މައްސަލައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. މި ބާވަތުގެ 17 މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު، އޭގެ ތެރޭގައި 3 ފިރިހެން ކުދިން އަދި 14 އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ނަފްސާނީ ގޮތުން އަނިޔާކުރުމުގެ 14 މައްސަލައަކާއި، ޖިސްމާނީ އަނިޔާކުރުމުގެ 7 މައްސަލައާއި، އިންޓަނެޓް މެދުވެރިކޮށް ނާޖާއިޒު ފައިދާ ނެގުމުގެ 1 މައްސަލައާއި، ބްލެކްމެއިލް ކުރުމުގެ 4 މައްސަލައާއި، ގަނާކުރުމުގެ 4 މައްސަލައިގެ އިތުރުން ސައިބަރ ބުލީންގގެ 1 މައްސަލަ ހިމެނެއެވެ. ހަމައެއާއެކު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 54 މައްސަލައެއް ވެސް އެ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ޖިސްމާނީ އަނިޔާ އެންމެ އާންމު

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އަންހެނުންނަށް ޖިސްމާނީ ހަމަލާދިނުމުގެ 27 މައްސަލައަކާއި، ފިރިހެނުންނަށް ޖިސްމާނީ ހަމަލާދިނުމުގެ 5 މައްސަލައެއް ހިމެނެއެވެ.

މި ދާއިރާއިން ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 12 މައްސަލައެއް ވަނީ ރެކޯޑުކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ