ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގައި ހެލްޕް ޑެސްކަކާއި ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމުކޮށްފިއެވެ.
މި ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ކޯލް ސެންޓަރަށް 900-4004 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ކޯލް ސެންޓަރާއި ހެލްޕް ޑެސްކުގެ ޚިދުމަތް، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަސް 3:00 އަށް ޢާންމުންނަށް ލިބެމުންދާނެއެވެ.
މި ވަސީލަތްތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގޭ އެކިއެކި ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



