ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 70،000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިއީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލީޑަޝިޕް ކޮންގްރެސްއާ ދިމާކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 67،579 މެންބަރުންނެވެ. ނަމަވެސް، ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މެންބަރުން އިތުރުކުރުމުގެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު މެންބަރުންގެ އަދަދު ވަނީ ގާތްގަނޑަކަށް 70،000 އަށް އަރާފައެވެ.
ޕީއެންސީގެ ލީޑަޝިޕް އިންތިޚާބު ކުރުމަށް ބާއްވާ ޚާއްޞަ ކޮންގްރެސް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދަށް ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީއެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް މީގެ ކުރިން މާލެއާއި އަތޮޅުތެރޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ.



