Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭ ނިއޯނޭޓަލް ކޮންފަރެންސް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ދެވަނަ ނިއޮނޭޓަލް ކެއާ ކޮންފަރެންސް، “ނިއޯކެއާ 2026” ފަށައިފިއެވެ. ޚާއްސަ ފަރުވާ ބޭނުންވާ ތުއްތުކުދިންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސިއްހީ ދާއިރާގެ ގިނަ ފަންނުވެރިންތަކަކާއެކު ފެށި މި ކޮންފަރެންސް އިފްތިތާޙު ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އިތުރުން ހުނަރުވެރި ސިއްހީ ޚިދުމަތްތެރިންގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ޒަމާނީ މެޝިންތަކުން ތުއްތުކުދިންގެ ހިތުގެ ވިންދު ބެލި ނަމަވެސް، އެ މެޝިންތަކުން ދައްކާ މައުލޫމާތު ދެނެގަނެ، އެކަށީގެންވާ ފަރުވާ ދެވޭނީ ތަމްރީނު ލިބިފައިވާ ސިއްހީ ޚިދުމަތްތެރިންނަށް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނާއި، ޚާއްސަ ތައުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް ފަސްޓް ލޭޑީ ގޮވާލެއްވިއެވެ. އަދި ނިއޯކެއާ އަކީ ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއްކަން ފާހަގަކުރައްވައި، މިފަދަ ފުރުސަތުތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތެރިންނަށް ފުޅާކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އުފަންވާ ރަށަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި ކޮންމެ ތުއްތުކުއްޖަކަށް ވެސް އެއް ފެންވަރެއްގެ ފަރުވާ ލިބެންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ދަތި އުނދަގޫ ވަގުތުތަކުގައި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑޮކްޓަރުންނާއި، ނަރުހުން އަދި އެހެނިހެން ސިއްހީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ.

ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، ސިއްހީ ޚިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާ ދިނުން ނޫން ކަމަށާއި، އޭގެ އަސްލު އަމާޒަކަށް ވާންވާނީ މީހުންނަށް އަޅާލުން ކަމަށެވެ. އެގޮތުން، ޚާއްސަ ނުވަތަ އައިސީޔޫ ފަރުވާ ބޭނުންވާ ތުއްތުކުދިންގެ އާއިލާތަކަށް ސާފު މައުލޫމާތު ދިނުމާއި، އޯގާތެރިކަމާއި އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެންއައިސީޔޫތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ. ފުރަތަމަ ނިއޯކެއާ ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ