Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ޚާއްޞަ ރިސެޕްޝަނެއް ބާއްވައިފިއެވެ. މި ޙަފްލާގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ޙަފްލާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ކޭކެއް ފެޅުން ވެސް އޮތެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ގުޅުން ބިނާވެފައިވަނީ އެއް އިސްލާމީ ޢަޤީދާއާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި ގާތް އެކުވެރިކަމުގެ މައްޗަށް ކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ޚާއްޞަކޮށް އިންވެސްޓްމަންޓް، ވިޔަފާރި، ފަތުރުވެރިކަން، ތަރައްޤީ އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން ރާއްޖެއާއެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ސަޢޫދީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރެވޭނެ އައު ދާއިރާތައް ދެނެގަތުމަށް ސަޢޫދީގެ އިންވެސްޓްމަންޓް ވަފުދެއް ދާދިފަހުން ރާއްޖެއަށް ކުރި ޒިޔާރަތް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު އަލްޤަޙްޠާނީ ހާމަކުރެއްވި ގޮތުގައި، 1978 ވަނަ އަހަރުން ފެށިގެން ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި ޕްރޮގްރާމްތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އުމްރާނީ ތަރައްޤީ، ބޯހިޔާވަހިކަން، ޞިއްޙީ ދާއިރާ، ފެނާއި ނަރުދަމާ، ދަތުރުފަތުރު އަދި މަސްވެރިކަމުގެ ދާއިރާއަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން މިހާރު ވަންނަމުންދަނީ އައު މަރުޙަލާއަކަށް ކަމަށާއި، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުންނާއި އިންވެސްޓްމަންޓް އަދި ތަރައްޤީގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތުތައް އެބައޮތް ކަމަށެވެ. މިއަހަރުގެ ސަޢޫދީ ޤައުމީ ދުވަސް ފާހަގަކޮށްފައިވަނީ “އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ” މި ޝިޢާރުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ