- Advertisement -ad image

ހަފުތާރެސްގައި ޓީޗަރުންނަށް ނަމާދާއި ހަރުކަށި ފިކުރާއި ގުޅުވައި މައުލޫމާތު ދިންކަން މިނިސްޓަރަކަށް ނޭންގެ

ad image

ގުޅުންހުރި ލިޔުންތައް

ޔޫތު މިނިސްޓްރީން އަތޮޅުތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަފްތާ ރެސް ޕްރޮގްރާމްގެ ސެޝަނެއްގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނެ ސްކޫލަކަށް މައުލޫމާތު ދިން މައްސަލަ އަދި މިހާތަނަށް ސަމާލުކަމަށް އައިސްފައި ނުވާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ކަރިކިއުލަމްގެ މައިގަނޑު އެއް އަސާސަކީ ޕްރެކްޓިސިން އިސްލާމް ކަމަށެވެ. އަދި ކަރިކިއުލަމްގެ ތެރެއިން އިސްލާމްދީނަށް އަމަލު ކުރާ ދިވެހި ގައުމަށް ލޯބި ކުރާ ހުނަރު ހުރި މައުލޫމާތު ހުރި ދަރިވަރެއް ބިނާކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އެފަދަ އެއްވެސް މައުލޫމާތެއް މިނިސްޓަރަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

މީގެ އިތުރުންވެސް ސްކޫލުތަކުގެ ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށި ކަމެއް ކަމުގައި ނުބައްލަވާކަމަށާއި ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއްކަމަށް ވީހިނދު ސްކޫލުތަކުން ދަރިވަރުން ނަމާދު ކުރަން ބާރު އަޅާނެކަމަށް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ރ އުނގޫފާރުގަައި ކުރިއަށް ގެންދިޔަ ’ހަފްތާ ރެސް’ ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ސްކޫލްތަކުގަ ނަމާދު ކުރާކަށް ދަަސްކޮށެއް ނުދޭ. ޢައުރަ ނިވާކުރުމަށް ބާރެއް ނާޅާ. އޭގެ ބަދަލުގަ ދެޖިންސު މަސްހުނިވެ ކަޕުލްޑާންސު ކުރުމާ ބެރުޖަހައި ލަވަކިޔައި ނެށުމާއި ގޮތްގޮތަށް ޒީނަތްތެރިކޮށްފަ ހުންނަ ޢައުރަ ނިވާނުވާ ނުވާ ކަހަލަ ހެދުން ލައިގެން ތިބެ ޓްރިޕްތަކަށް ދިޔުމާ ތަމްސީލު ކުޅުން ދަސްކޮށްދޭކަން ފާހަގަ ކުރެވޭ. މިސަބަބުތަކާހުރެ އެފަދަ ސްކޫލްތަކަށް ކުދިން ފޮނުވުން ބައެއް ދަންނަބޭކަލުންނާ ފިގުހު އިލްމުވެރިންގެ ރައުޔުގައި މައިންބަފައިންގެ މައްޗަށް ހަރާމް ކުރައްވާފަވޭ.
    ގަސްދުގައި ނަމާދު އަޅައިފިމީހާ ދީނުން ބޭރުވާއިރު، އިސްލާމްކަމާ ކާފަރުކަމަ ދެމެދުގަ ވާ ފަރަގަކީ ނަމާދު.
    ސްކޫލްތަކުގަ ނަމާދު ބަންގިގޮވުމާއެކު ދަރިވަރުން ނަމާދަށް ފޮނުވަންޖެހޭނެ!
    މިނިސްޓަރަސް ބުރުގާ ނާޅާނަމަ އިސްލަމްކަމެއް ފުރިހަމައެއް ނުވާނެ! މުސްލިމުން ތިބެންޖެހޭނީ އޮރިޔާމަކު ނޫން. “އަންހެނާގެ އައުރައަކީ މޫނާ ދެއަތްތިލަ ފިޔަވައި ކޮންމެ ތަނެކެވެ” ރަވާހުލްމުސްލިމް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ