ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 912.15 މިލިއަން ރުފިޔާ އެވެ.
މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުމުގެ ދަށުން 8 ރަށެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރ. އިންނަމާދޫ: 2.60 ކިލޯމީޓަރުގެ 7 މަގު
ރ. ރަސްގެތީމު: 2.12 ކިލޯމީޓަރުގެ 6 މަގު
އއ. ފެރިދޫ: 2.11 ކިލޯމީޓަރުގެ 3 މަގު
ބ. ދަރަވަންދޫ: 2.55 ކިލޯމީޓަރުގެ 4 މަގު
ށ. ބިލެތްފަހި: 2.46 ކިލޯމީޓަރުގެ 4 މަގު
ށ. މާއުނގޫދޫ: 3.25 ކިލޯމީޓަރުގެ 7 މަގު
ނ. މަގޫދޫ: 2.11 ކިލޯމީޓަރުގެ 4 މަގު
ފ. ފީއަލީ: 2.46 ކިލޯމީޓަރުގެ 10 މަގު
މީގެ އިތުރުން 3 ރަށެއްގައި ސީޓީބީ (ސިމެންޓް ޓްރީޓެޑް ބޭސް) އަޅައިގެން ވެލި އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ:
ބ. ކެންދޫ: 2.23 ކިލޯމީޓަރުގެ 6 މަގު
އއ. މަތިވެރި: 2.35 ކިލޯމީޓަރުގެ 10 މަގު
ކ. ދިއްފުށި: 2.36 ކިލޯމީޓަރުގެ 5 މަގު



