- Advertisement -ad image

ރާއްޖޭގެ އާބާދީގެ 35 އިންސައްތަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ރާއްޖޭގެ އާބާދީގެ 35.76 އިންސައްތަ މީހުން ބޫސްޓަރ ޑޯޒު ނުވަތަ ތިންވަނަ ޑޯޒު ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކަަގޮތުން މިހާތަނަށް ވަނީ 161،938 މީހުން ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެޗްޕީއޭއިން މިހާރު ވަނީ ބޫސްޓަރ ޑޯޒް ޖެހުން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ހިމެނެއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398،751 މީހުންނެވެ. މީގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 384،347 މީހުންނެވެ. ރާއްޖޭގައި ކޮވިޑް ކޭސްތައް ގިނަވަމުންދާތީ މިހާރު އަނެއްކާވެސް ވެކްސިން ޖަހާ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ