Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދުޅަހެޔޮ އިސްރަށްވެހިން ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް، “ދުޅަހެޔޮ އިސްރަށްވެހިން”ގެ ނަމުގައި އެޗްޑީސީން ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ދީފިއެވެ.
މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި އެ ކޯޕަރޭޝަނުން ރާވާފައިވާ ހަރަކާތެކެވެ.

މި ޕްރޮގްރާމްގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް މި ގޫގްލް ފޯމްމެދުވެރިކޮށް ދުޅަހެޔޮ އިސްރަށްވެހީންގެ ޕްރޮގްރާމްގައި ބައިވެރިވެލެއްވޭނެއެވެ.
މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައެވެ.

މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން “ދުޅަހެޔޮ އިސްރަށްވެހިން” ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ވަނީ ދީފައެވެ.
ދުޅަހެޔޮ އިސްރަށްވެހިން” ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ.
މި ޕްރޮގްރާމަކީ އެ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެޗްޑީސީގެ އަމާޒަކީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެ، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށްވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ