ގާނޫނުގައިވާ ގޮތަށް ތިންހާސް މެންބަރުން ހަމަކުރުމަށް ނޯޓިސް ދިން ހުރިހާ ޕާޓީއަކުންވެސް މެންބަރުން ހަމަކުރުމަަށް ފޯމް ހުށަހަޅައިފިއެވެ. ގާނޫނުގައި ބުނާ 3000 މެމްބަރުންގެ އަދަދު ހަމަނުވާތީ އުވާލާނެ ކަމަށް ނޯޓިސްދިން ޕާޓީތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އުފެއްދެވި އެމްއާރުއެމް އާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޑީއާރްޕީ އާއި ކުރީގެ ނައިބް ރައީސް އުފެއްދެވި އެމްޓީޑީ އާއި އެމްއެލްއެސްޑީ ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ދިހައެއް ޖެހުމާއި ހަމައަށް އެ ޕާޓީތަކުން ހުށަހެޅި ފޯމްތަކުގެ އަދަދު ހާމަކޮށްފައެވެ.