މިރޭގެ ހަވާ އެރުވުން ކެންސަލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ “ހުޅުމާލޭ ފޭސް 2 ގައި، މިރޭ ބޭއްވުމަށް ހަމަޖެހުނު ހަވާ އެރުވުން މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.
ކުރިން ހަވާ އަރުވާ ގޮތަށް ނިންމީ އެމްޓިސީސީން ކުރިއަށްގެންދާ “ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން” ގެ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ރައީސް ސާލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.