އިދިކޮޅުޅު ޕީޕީއެމް ކައުންސިލްގެ ހުސްވެފައިވާ 12 ގޮނޑިއަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
ރޭ ކުރިއަށް ދިޔަ މި އިންތިހާބުގައި 86 ފަރާތަކުން ވަނީ ވާދަކޮށްފައެވެ. މި އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ކުރީގެ ހެލްތް މިނިސްޓަރ މުހައްމަދު ނާޒިމްއެވެ. އޭނާއަށް 43 ވޯޓު ލިބުނު އިރު ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ކުރީގެ އެންވަޔަރމަންޓް މިނިސްޓަރ ތާރިގު އަށެވެ. ތާރިގު އަށް 42 ވޯޓު ވަނީ ލިބިފައެވެ.
އަންހެނުން އަށް ހާއްސަ ކުރި ފަސް ގޮނޑިއަށްވެސް ރޭ ވަނީ މެންބަރުން އިންތިހާބުކޮށްފައެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 64 މީހުންތިބި އިރު ވޯޓުދީފައިވަނީ 51 މީހުންނެވެ.