- Advertisement -ad image

އިދިކޮޅުން މަޖިލީހަށް ހުށަހަޅާ ކަންކަމުގެ ސީރިއަސްކަން ދަނީ ފެންނަމުން: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ދަނީ ސާބިތުވަމުން ކަމަށަ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، އަލަށް މުވައްޒަފުން ނެގުމާއި އަދި މުސާރަ ބޮޑުވާ ގޮތަށް އެއްވެސް ޕޮރޮމޯޝަނެއް ވެސް ނުދިނުން ހިމަނައިގެން، ހަތް ދާއިރާއަކުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިނޭސްން މިނިސްޓްރީން ސާކިއުލާއެއް ނެރުނީ އާދިއްތަ ދުވަހުއެވެ. 

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް ރަބަރ ސްޓޭމްޕް ޖަހައި މަޖިލިސް އިން ގަބޫލު ނުކުރިއަސަ އިދިކޮޅުން މަޖިލިސްއަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ދަނީ ސާބިތުވަމުން ކަމަށެވެ. އަދި ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މެންބަރު ޝަރީފު ވަނީ ގޮވާލައްވާފައެވެ.

ފިނޭންސުން ނެރުނު ސާރކިއުލާގައި ބުނެފައިވަނީ މުވައްޒަފުންނަށް ހިނގާ ހަރަދުތަކުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެއްވެސް އާ މަގާމެއް އަދި އާ އެލަވެންސް ދިނުން ފަދަ ކަމެއް ނުކުރުމާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން އަދި އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތްތައް މަދުކުރުން

ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމާއެކު ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުން އަދި ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ވަގުތު ޖެހުމުގެ ޖުރިން ފިނޭސްގެ ހުއްދަ ހޯދުމަށް ސާރކިއުލާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ