- Advertisement -ad image

ހުޅުމާލޭ އެންމެ ބޮޑު މިސްކިތުގައި ނެވިލޯން އަޅާ މަރާމާތުކޮށް ނިންމާލައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދު އަލް ޝެއިޚް ޤާސިމް ބިން ޢަލްޠާނީ ނޮވިލޯން އެޅުމުގެ މަސައްކަތާއިއެކު މިސްކިތް މަރާމާތުކޮށް ނިންމައިފިއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭ އެންމެ ބޮޑު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްކުރީ އެ މިސްކިތަށް ދާ މީހުންނާއި އެ އަވަށުގެ ރައްޔިތުން އެދުނު ގޮތަށް ކަމަށެވެ.

އެގޮތުން މާލެ ސިޓީން މިހާރުވަނީ މިސްކިތުގައި ނޮވިލޯން އަޅައި ނިންމާފައި ކަމަށާއި، އެ މަސައްކަތް ނިންމުމަކީ އެ އަވަށުގެ ރައްޔިތުން އަދި ޚާއްޞަކޮށް މިސްކިތަށް ދާ މިސްކިތުގެ އަހުލުވެރިންނަށް އުފާވެރިކަން ލިބުނު ކަމެއް ކަމުގައި ޝުޖާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާ ވިދާޅުވީ މި މަރާމާތަކީ، ރައީސް މައުމޫން ގެ ވެރިކަމުގައި އެ މިސްކިތް ބިނާކުރެވުނު ފަހުން، އެ މިސްކިތުގައި ފުރިހަމަކުރެވުނު އެންމެ ބޮޑު މަރާމާތު ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ހުރިހާ މިސްކިތްތަކެއް މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގުމަށް ނިންމާފައިވީ ނަމަވެސް އެ މަސައްކަތަށް ބޭނުންވާ މިންވަރުގެ ބަޖެޓެއް ނުލިބުމުގެ ސަބަބުން އެ މަސައްކަތް އޮތީ ވަގުތީ ގޮތުން މަޑުޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ