- Advertisement -ad image

ޔޯގާ ދުވަސް ފާހަގަކުރާތީ، ސަލަފުގެ ކަންބޮޑުވުން ޔޫތު މިނިސްޓަރުގެ ސަމާލު ކަމަށް ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް

ހިންދޫދީނާއި ބުދު ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ، ކަސްރަތެއްގެ ސިފާގައި ދިވެހިރާއްޖޭގައި ފަތުރައި، އެކަމަށް ޚާއްޞަދުވަހެއް ފާހަގަކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަރމެންޓް އަޙްމަދު މަޙްލޫފަށް ސިޓީއެއް ފޮނުވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ޔޯގާއަކީ ޣައިރުދީނުގެ އަޅުކަމެއްކަން އެދީންތަކުގެ ފޮތްތަކާއި އަދި އެދީންތަކުގެ ރާހިބުންގެ ބަސްތަކުން އެނގޭއިރު ދިވެހިރާއްޖޭގައި އެފަދަ ކަންކަން ކުޅިވަރުގެ ނަމުގައިވިޔަސް ކުޅުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އަައި ޚިލާފުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި ޔޯގާ އަކީ އިސްލާމްދީނުގެ އަސާސް ކަމަށްވާ އެއްކައުވަންތަ ކުރުމުގެ ޢަޤީދާ އާއި ފުށު އަރާ ކަމެއްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
‎ސިޓީ ނިންމާލަމުން މުންކަރާތްތައް ނަހީކޮށް ހެޔޮކަންތައްތަކަށް ގޮވާލުމަކީ ޔޫތު މިނިސްޓްރީގެވެސް ޒިންމާއެއްކަން ހަދާކޮށްދީފައިވެއެވެ.
‎ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ އިންޓަނޭޝަނަލް ޔޯގާ ޑޭ ގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައިވެސް މިދުވަސް އަންނަނީ ކުރީއްސުރެ ފާހަގަ ކުރަމުންނެވެ. ހަމައެއާއެކު ކޮންމެ އަހަރަކުވެސް ޔޯގާގެ ޙުކުމާއި އޭގެ އަޞްލު ޢިލްމުވެރިން އަންނަނީ ބަޔާންކޮށްދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ސަލަފުން ބޭނުންވާ ކަންތައް ސާފު. އިހަށްދުވަހު ބުނީ ހުރިހާ ސްކޫލެއްގަ ލަވައާ މިއުޒިކު މަނާ ކުރާށޭ. މިއަދު ގެއިން ބޭރުގަ ކަސްރަތު މަނާ. މާދަމާ ބުރުގާ މޫނު ބުރުގާ އަޅައިގެން ނޫނީ އަންހެން ކުދިން ސްކޫލަށް ދިޔުން މަނާ. އަނެއް ދުވަހު ސްކޫލްތަކުގަފިރިހެން ކުދިން ޖުއްބާއާއި ފަގުޑި އެޅުން. ދެން އަންހެނުން މަސައްކަތު ދިޔުން މަނާކުރަން. މަރުހަމަކާ އެކީ ނޫނީ އަންހެނުން ބޭރަށް ނުކުތުން މަނާ، އާހިރުގަ އަމާޒަކީ ތާލިބާނުންގެ ފިލޯސަފީ މިތަނުގަ ހިންގުން

  2. ކަސްކަތު މަނާ ކުރަނީކީ ނޫން . ޢެއީ ހިންދޫން ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް. ޢެމީހުންގެ ސޫރިޔަ ކަލާންގެއަށް އިހްތިރާމް ކުރުމުުގެ ގޮތުން އިރު އަރައިގެން އަންނަ ވަގުތު އެކަން ކުރަނީވެސް. އެކަހަލަ ހުރިހާ ކަމެއް ކުރުވާނެ މީސްތަކުންގެ ސިކުނޑި ދޮވެލަނީ ނުބުނެ ތިބެ.
    ތިޔަކަމުގަ ނަގާ ކިޔަން އެހުރީ ރާޢްޖޭގައި ތިބި ލާދީނީ މޯހުމްގެ ތެރެއިން އެކަކު. ޢޭނާގރ ކައިރީގަ އިންޑިއާ މީހުންނަކީ ދެން މާ މަތީބަޔެއް.

  3. ދެނތީނަގެސްޓު ހެދުންލާގެން މަގުމަހޗހަހ ނުކުންނަެްވީނު މިުޒިކުސާމާނުހިފާގެން ޔޫތުމިނިސްޓރާއެކު ޔަހޫދޭދޭން ފަތުރަން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ