9 ކޭސް ބަނގުރަލާ އެކު ދެ ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޖޫން 13 ވަނަ ދުވަހު ފަތިހު 5:30 އެހާކަންހާއިރު މަގުމަތި ޕެޓްރޯލް ކުރުމުގެ ތެރޭގައި ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވަން އުޅުނު ބަންލަދޭޝްގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުން ޕިކަޕަކަށް އަރުވަން އުޅުނު 9 ކޭސް ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި މިމީހުނާއެކު ތިބި އިތުރު ދެ ބިދޭސީން ފުލުހުން ފެނުމުން ފިލާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިމައްސަލާގައި ފުލުހަކު ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަނީ ދޮގު ހަބަރެއް ކަމަށާއި މިމައްސަލާގައި ފުލުހަކު ނުހިމެނޭ ކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.