- Advertisement -ad image

ޔޯގާ ހަރަކާތަށް ހުރަސްއެޅި މީހުންގެ މައްސަލަ ބަލާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޔޯގާ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއެޅި މީހުންގެ މައްސަލަ ބަލާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް ވަން މީހުންގެ މައްސަލަ ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށަ ގެންނާނެ ކަމަށާއި ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުންގެ ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަަސް ހުރަސް އަޅައިގެން 6 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންވެސް ބުނެފައިވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ