- Advertisement -ad image

ދަނޑުގައި ހިންގި ހަމަނުޖެހުމުގައި ފުލުހުން އަމަލު ކުރި ގޮތުން ކޮމިޝަނަރގެ ކަންބޮޑުވުން

ad image

ގުޅުންހުރި ލިޔުންތައް

ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ޔޫތު މިނިސްޓްރީން ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނެޖުހުން ހިންގި ވަގުތު އެކަން ހުއްޓުވަން އެވަގުތު ފުލުހުން އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޮމިޝަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ. 

ގަލޮޅު ދަނޑުގައި އިއްޔެ ހަމަނުޖެހުން ހިންގާފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާތީ ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސެކިއުރިޓީ ފަޅާލުމަށްފަހު ދަނޑަށް ވަން މީހުން ހުއްޓުވުމަށް ފުލުހުން އަމަލުކުރި ގޮތާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އިންޓަރނަލް ތަހުގީގެެއް ހިންގަމުންދާކަމަށާއި، މިކަމުގައި މުއައްސަސާތަކުން ހިންގާ ތަހުގީގުތަަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ސީޕީ ވިދާޅުވީ މި ހަމަނުޖެހުން ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ކުރިއަށްތަނުގައި ހިންގާ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިއްޔެގެ ހަމަނުޖެހުނުގެ ތެރެއުން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ