ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުމުގައި އިތުރު ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކޯޓު އަމަރެއްގެ ދަށުން އިތުރު ތިން މީހުން ހައްޔަރު ކުރީ މިއަދު ކަމަށެވެ. ނަމަވެސް މިއީ ކޮންބައެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިފައިވަނީ އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓް އަހުމަދު ރަޒާންއެވެ. މިމީހުން ހައްޔަރު ކުރީ ކާނިވާ ސަރަހައްދުން ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ނެޝަނަލް ސްޓޭޑިއަމް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިވެހި ހަ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެނގުނީ މި ހަރަކާތުގެ ބައިވެރިން ބޭނުންކުރި ބައެއް ތަކެތި ނެރުނީ ޕީޕީއެމްގެ އޮފީސް ތެރެއިން ކަމަށެވެ. ނަމަވެސް ޕީޕީއެމުން ވަނީ މި ހަރަކާތުގައި އެޕާޓީގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ބުނެފައެވެ.