- Advertisement -ad image

ޖަމީލްގެ ސުވާލެއް ރައީސަށް: ކޮމިޓީ ހަދަންޖެހޭ ވަރު ކަމަކަށް ދީނަށް ފުރައްސާރަކުރުން ނުވަނީތޯ؟

ad image

ގުޅުންހުރި ލިޔުންތައް

ކޮމިޓީ ހަދައިގެން ބަލަންޖެހޭ ވަރު ކަމަކަމަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ނުވަނީތޯ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް، ރައީސް ސާލިހަށް ސުވާލު ކުރައްވައިފިއެވެ.

ޖަމީލް މިގޮތަށް ސުވާލު މި ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާއި ގުޅޭ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ރައީސް ސާލިހު އެކުލަވާލެއްވުމާއި ގުޅިގެންނެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންނަށް ކުށަކަށް ވަނީ ސިޔާސީ މީހުންނަށް ކުރާ ތުހުމަތުތައް އެކަނި ކަމަށެވެ. އަދި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހަކު ސަލާމަތްވާ ކަމަށާއި ފުލުހުންގެ އިންޓެލްއަށްވެސް ހިޓް ވަނީ ހަމައެކަނި ބެނާތައް ކަމަށެވެ.

ރަސޫލާއަށް ހަޖޫޖަހާ އިސްލާމްދީނަށް ފުރައްސަަރަ ކުރި ޓުވިޓާރ އެކައުންޓެއްގެ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެމީހާ ހައްޔަރެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ