- Advertisement -ad image

ހަތަރު ވަނަ ޑޯޒެއް ޖަހަން ތައްޔާރުތަ؟

ad image

ގުޅުންހުރި ލިޔުންތައް

ކޮވިޑް19 ދިފާއު ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދޭން ފަށައިފިއެވެ.

ކޮވިޑް19 ދިފާއު ވެކްސިން 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާބޮޑުވެދާނެ ފަރާތްތަކަށް 4 ވަނަ ޑޯޒް ދެވަނަ ބޫސްޓަރ ޑޯޒު ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިޑޯޒު ޖަހާނީ މީގެ ތެރެއިން ކޮވިޑް19 ފުރަތަމަ ބޫސްޓަރ ޖެހިފަހުން ހަތަރު މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަން ފަށާނެ އުމުރަކީ 65 އަހަރުން މަތީގެ މީހުންނާއި 18އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށެވެ.

މީގެ އިތުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭންވެސް ވަނީ ފަށާފައެވެ. ތިންވަނަ ޑޯޒު ދޭން ނިއްމާފައިވަނީ ދެވަނަ ޑޯޒް ފުރިހަމަކުރިތާ ހަ މަަސްވެފައިވާ ކުދިންނަށެވެ.  ކުޑަކުދިންނަށް ތިންވަނަ ޑޯޒް، އަދި ބޮޑެތި މީހުންނަށް ހަތަރުވަނަ ޑޯޒް މާދަމާއިން ފެށިގެން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ