- Advertisement -ad image

ޝެއިހު ނިޝާން އާއި ފަޒުލޫންއަށް ދީނީ ތަގުރީރު ދިނުމަށްދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

ad image

ގުޅުންހުރި ލިޔުންތައް

ޝެއިހު އާދަމް ނިޝާން އާއި ފަޒުލޫން މުހައްމަދަށް ދީފައިވާ ދިވެހިރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމަށްދީފައިވާ ހުއްދަ ވަގުތީ ގޮތުން އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު އާއި އަދި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގެ ދަށުން ދިވެހިރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމާއި ދީނީ އިރުޝާދު ދިނުމަށް އެ މިނިސްޓްރީން ދީފައިވާ ދެ ހުއްދައެއް ވަގުތީގޮތުން ހިފެހެއްޓިކަން އަންގައި އިއުލާން ކުރާ ކަމަށެވެ.

މިނިސްޓްރީން ބުނީ އައްޝައިހު ފަޒުލޫންއަށް ދީފައިވާ ހުއްދަ ހިފަހައްޓަންޖެހުނީ އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފު ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ހަމަނުޖެހުން ހިންގައިގެން ހައްޔަރު ކުރި ފަރާތްތަކުގެ އަމަލުތައް ދިފާއުކޮށް މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތަތީވެ، މިކަމާ ގުޅިގެން ފުލުހުން ޝެއިހު ފަޒުލޫނު އާއި ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަން މިނިސްޓްރީއަށް އެންގުމުން ކަމަށް ބުނެފައިވެއެވެ.

އަދި ޝެއިހު އާދަމް ނިޝާން އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓީ ގަލޮޅު ދަނޑުގައި ހިންގި ހަރަކާތަށް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ދައުލަތުގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތުދީ އެ އެއްވުނުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ އާއި މިކަންކަމާ ގުޅިގެން ޝެއިހު ނިޝާން އާއި ގުޅޭ ޖިނާއީ ތަހުގީގެއް ޖުރަމުންދާކަން މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށަ ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޝެއިހު ނިޝާން ހައްޔަރުކޮށްފައިވަނީ މިރޭ އިޝާ ނަމާދަށް ދަރިފުޅާއެކު ވަޑައިގަންނަވަނިކޮށް ފުލުހުންގެ ޓީމަކުންގޮހެވެ. އިއްޔެގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކުޑަކެކުރި ބޮޑުކެކުރި އުސޫލު ނުގެން ގުޅުއްވާ!! ކުޑަ ކުއްޖެއްވިއްޔާ ކިތަންމެ ނިކަމެތި ކިތަންމެ ރުޅި އަރާމީހެއްގެ ނަމަވެސް ކުޑަކުއްޖެއް ވިއްޔާ ވާނީ ހަމަ ކުޑަ ކުއްޖަކަށް، ކުޑަކުދހެެނގެ ކަރާމާތައް އަރައިނުގަނޭ ކުޑަކުދީންގެ ނަފުސުތައް ނުކަތިލާ ނަފުސާނީ ގިތުން ބަލިކަށި ނުކުރޭ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ