ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެއިން ފެށިގެން ދެ މީހަކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ބެލުމަށް ގޮވާލަމުންނެވެ.
ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށާއި އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ނަމަވެސް މިމައްސަލާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންނާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.