- Advertisement -ad image

ޝަހީމް ފުލުހުންނަށް: މޫނަށް ކަނދުރާއަށް ބެލުމެއްނެތި ގާނޫނު ހިންގަވާ

ad image

ގުޅުންހުރި ލިޔުންތައް

އެއްޖިންސުން ގުޅުން ހިންގައި މި އިސްލާމީ ދައުލަތުގެ އިޖުތިމާއީ އަހުލާގިއްޔަތު މުގުރަމުންދާ މުޖުރިމުންގެ މައްޗަށް މޫނަށް ކަނދުރާއަށް ބެލުމެއްނެތި ގާނޫނު ހިންގެވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ފުލުހުންނަށް ގޮވާލައްވައިފިއެވެ.

އިއްޔެއިން ފެށިގެން ދެ މީހަކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ބެލުމަށް ގޮވާލަމުންނެވެ. މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، މަޖިލިސް މެންބަރެއް ވަޒީރެއް، ވަޒީރެއްގެ ދަރިއެއް ބަލާނެ ކަމެއް ނެތް ކަމަށާއި ގައުމު ސަލާމަތް ކުރުމަށް ގޮވާލާ ކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށާއި އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ