ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ނާޒިމު ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
ނާޒިމްއަކީ ޓުވިޓަރގާވެސް އިދިކޮޅު ފަރާތްތަކަށް އެކިކަންކަމުގައި ރައްދުދީ ވަރަށް އެކްޓިވް ކޮށް އުޅުއްވި ބޭފުޅެއް ނަމަވެސް މިހާރު އޭނާ ވަނީ ޓުވިޓަރ އެކައުންޓްވެސް ޑީއެކްޓިވޭޓްކޮށްފައެވެ. އަދި ވީޑިއޯ ލީކުވުމުން އޭނާ ވަނީ އެއީ އެޑިޓްކޮށްގެން އޭނާގެ އަބުރު ކަތިލުމަށް ލީކުކޮށްލި ވީޑިއޯއެއް ކަމަށްވެސް ބުނެފައެވެ.