- Advertisement -ad image

މުޖުތަމައު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑު: އިސްލާމިކް މިނިސްޓަރ

ad image

ގުޅުންހުރި ލިޔުންތައް

މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެ ބައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރް ޢަލީ ވިދާޅުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ ޒާހިރު ވިދާޅުވީ، އިސްލާމްދީން ފެށިގެން އައިސްފައިވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އޮއްވާކަން ފާހަގަކުރައްވާ ރަސޫލާ صلى ﷲ عليه وسلم ވަޑައިގެން އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވިކަމަށް ވިދާޅުވިއެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަން އަމާންކަންކަމަށް ވިދާޅުވިއެވެ. މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޖޫންވާ ހުކުރު ދުވަހާއި 25 ޖޫންވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ