- Advertisement -ad image

ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕު މިރޭ ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން ހައްޖަަށްދާ މީހުންގެ ފުރަތަމަ ގުރޫޕް ސައޫދީ އެއާލައިނުން މިރޭ ފުރައިފި ކަމަށާއި ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މިރޭ 157 މީހުން މައްކާއަށް ފުރާފައިވާ ކަަމަށެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ޙައްޖުވެރިންގެ ފްލައިޓް ފުރާފައިވަނީ ރާއްޖެގަޑިން މިރޭ 23:15 ގައެވެ. ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭނީ މެންދަމު 02:35ގައެވެ. އެއީ ރާއްޖެގަޑިން ފަތިހު 04:35އެހާކަންހާއިރުއެވެ.

ރާއްޖެއިން ހައްޖަށްދާ ދެވަނަ ގުރޫޕު ފުރާނީ މިމަހުފެ 29 ގައެވެ. އަދި މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ އެންމެ ފަހު ގުރޫޕު ފުރާނީ ޖުލައި މަހުގެ ދެ ވަނަ ދުވަހު އެވެ. ސައުދީ އަރަބިއްޔާއިން މިއަހަރު ހައްޖަށް ގެންދިއުމަށް ރާއްޖެއަށް ދީފައިވަނީ 453 ކޯޓާއެވެ. މީގެތެރެއިން 100 ކޯޓާ އަށް މީހުން ނެގީ އާއްމުކޮށް ހުޚުވާލައިގެން ފޯމުލައިގެން ގުރުއަތު ނަގައިގެންނެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ