މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ވަދެ ހަމަނުޖެހުން ހިންގުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުން ކަމަށް ބުނެފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެދުވަހުގެ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއް ހަދަމުން އަންނަ ކަމަށާއި އެގޮތުން ފުލުހުންގެ ތެރެއިން ވެސް އެކަން ހިނގަން މެދުވެރިވީ ސަބަބުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު އަދި ކެބިނެޓުގެ ތެރެއިން ހަދާފައިވާ ސަބް ކޮމެޓީ އަކަށް ވެސް ފުލުހުން އެކަމުގައި ޖަވާބުދާރީވެފައިވާނެ ކަމަށެވެ.
ސުޖާއު ވިދާޅުވީ މީގެ ކުރިން މާލޭގައި ބާއްވާފައިވާ ބޮޑެތި އެއްވުންތައް ވަރަށް ޕްރޮފެޝަނަލްކޮށް ކޮންޓްރޯލް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ޔޯގާ ހަރަކާތް އޮތް ދުވަހު ފުލުހުންގެ ފަރާތުން ފެނިގެން ދިޔައީ ކުރިން ފެންނަ ފަދަ ކަންކަން ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ ޔޯގާ ހަރަކާތާއި ގުޅިގެން ފުލުހުންގެ ސެކިއުރިޓީ ފޫއަޅުވާލާ ދަނޑުގެ ތެރެއަށް އެހާ ފަސޭހައިން ވަދެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ފުލުހުންނަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
21ވަނަ ދުވަހު ސަފު ފޫއަޅުވާލެވުނީ އެފުރުސަތު ދިނުމުން ކުރިއަށް އޮތްތާގައި އެފަދަ ފުރުސަތެއް ނުދެއްވާނި ކަމައް އުއްމީދު ކުރައް.އެފަދަ ފުރުސަތު ތައް ފުލުހުންގެ ކިބައިން ދޭ ކަމައް ވަނީނަމަ ޕޮލިހައް ރައްޔިތުންގެ އިތުބާރު ކުޑަވެގެން ދާނެ.އެފަދަ ފުރުސަތު ނުދީ ޕުރޮފެސަނަލް ކޮއް ކަންކަން ނިއްމުމުގެ ގާބިކްކަން ތި މުއަސަސާގަ ހެއްނައްވާނެ މީ އަހަރެން ގަބޫލްކުރާގޮތް