މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގައި ގެންގުޅުނު ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށްދާން މަޖުބޫރުވެފައިވާ ކަމަށް ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޔޯގާ މައްސަލައަކީ ބަޔަކު ވެރިކަމަށް އައުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވުމާއި ގުޅިގެން އިޔާޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އޭނާއަކީ މިހާރުގެ ސަރުކާރު ދެމި އޮތުމަށް ވަރަށް އެދި އެދި ހުރި މީހެއް ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޑރ އިޔާޒު ވިދާޅުވީ ހައްގު ގޮތް އެނގުނީމާ އެހާރާ މިހާރުގެ ވާހަކަ ދެއްކުމެއް ނެތް ކަމަށާއި އަވަހަށް ހައްގަށް ރުޖޫއަވާންވީ ކަމަށެވެ.
އިޔާޒު ވިދާޅުވީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ނަމަވެސް ވީއެންމެ އަވަހަކަށް ތަޙުޤީޤު ނިންމަންޖެހޭ ކަމަށާއި ފަހަރުގައި އެއީ ކުށުން ބަރީއަވެގެންވާ މީހަކަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް ހިތާމައަކީ ހައްޔަރުކުރެވޭ މީހާ ނިޡާމުން ގެއްލުވާލާފައި އެތައްދުވަހަކު ބަންދުގައި ބަހައްޓާކަން ކަމަށް އިޔާޒު ވިދާޅުވިއެވެ.
ނަތީޖާއަކަށް ވަނީ އެމީހެއްގެ ވަޡީފާ ގެއްލި، ޢާއިލާ ބިކަވުން ކަމަށާއި މުއްދަތު ޖަހަން ތިއްބަވާ ޤާޟީންވެސް މިކަމާ ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމަށް އިޔާޒު ވިދާޅުވިއެވެ.
ޔޯގާ ހެދުން ހަރާމް ކަމެއް ކަމަށް މިހާރު ބަޔަކު ބުނަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް މަހްލޫފު ވިދާޅުވިއިރު މީގެ ކުރިންވެސް ޔޯގަަ ހެދުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ބުނެ ގިނަ އިލްމްވެރިން ވާހަކަ ދައްކަަފައިވަަ ލިޔުންތައް އެކި ނޫސްތަކުންނާއި ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ފެންނަން އެބަހުއްޓެވެ.
ޑޮކްޓަރ އިޔާޒު މިހާރު ސިފަވަނީ އިލްމުވެރިއަކަށްވުރެބޮޑަށް ދެކޮޅުން ކާވެނެއްގެ ސިފައިގާ
ކޮންމެ މީހަކު ކުރިޔަސް އަނިޔާ ވާނީ އަނިޔާއަށް. މި ދުނިޔޭގައި އިންސާފު ނުލިބުނަސް ޢަދުލުވެރި ޖަޒާ ލިބޭނެ ދުވަސް އެންމެނާވެސް ބައްދަލުކުރާނެ. އެދުވަހަކުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަން ހަނދުމަ ކުރުން ހުރި.