test
- Advertisement -ad image

‏3 ވަނަ ބޮޑު ހަނގުރާމައަށް ދުނިޔެ ބެރުޖަހަމުން ދާއިރު 5 މަހުގެ ރިޒާވް އަކީ އެއްވެސް އެއްޗެއް ނޫން: ބޮންޑެ

ad image

ގުޅުންހުރި ލިޔުންތައް

‏3 ވަނަ ބޮޑު ހަނގުރާމައަށް ދުނިޔެ ބެރުޖަހަމުން ދާއިރު 5 މަހުގެ ރިޒާވް އަކީ އެއްވެސް އެއްޗެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު ބޮންޑެ ވިދާޅުވެއްޖެއެވެ.

ފަސް މަހަށް ބޭނުންވާ ތެލާ، ކާޑާއި ބޭސް ރާއްޖޭގައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ބޮންޑެ ވިދާޅުވީ، މިއަދު ވަޅުގައިފެނެއް ދާންޏެއް އޮޑީގައި ރިޔަލެއް ވެސް ނެތް ކަމަށެވެ. އަދި ޑީސަލް ނެތިމަހަށް ފުރޭނީ ރިޔަލެއް ވެސް އޮވެގެން ކަމަށާއި އަދި ފެންވަރާ ތާހިރުވެވޭނީ ފެންޕްލާންޓް ތައް ވެސް ހިންގިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ވަނީ، ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގައި، ކާޑުގެ، ތެލުގެ، އަދި ބޭހުގެ ފައިސާ ހުންނާނެތޯ ސާފުކުރަން ފިނޭންސް މިނިސްޓަރަށް ސުވާލު ހުށަހަޅާފަ އެވެ. 

އީވާގެ އެސުވާލުގައި ވަނީ، މިދިޔަ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވުގެ ތެރެއިން ސަރުކާރަށް ބޭނުންވާ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލުރުކަން ފާހަގަކުރައްވާ، މި ހިނގާ ޖޫން މަހާއި، ކުރިއަށް އޮތް ޖުލައިމަހު 130 މިލިއަނަށްވުރެ ގިނަ އަދަދުގެ މިލިއަން ޑޮލަރުގެ ދަރަނި އަބުރާ ދައްކަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. 

ފިނޭންސް މިނިސްޓަރ އަމީރު މިގޮތަށް ވިދާޅުވެފައިވަނީ މެންބަރު އީވާ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ