ޔޯގާ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި ތެރޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި ޝެއިޚް އާދަމް ނިޝާނާއި ޝެއިޚް ފަޒްލޫން މުޙައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރު ކުރުމަށްފަހު މީގެ ކުރިންވެސް ވަނީ ބަންދަށް 7 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އެ މުއްދަތު މިއަދު ހަމަވުމުން، މުއްދަތު އިތުރު ކުރަން ފުލުހުން މިއަދު ވަނީ އެ ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ޝައިހް ފަޒްލޫންގެ ބަންދަށް ހަތް ދުވަސް އަދި ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް ވަނީ ދީފައެވެ.