- Advertisement -ad image

ހެއްކާ ބެހޭ ގާނޫނުގެ ނާޖައިޒު ފައިދާ ނަގާ ސަރުކާރުން ރައްޔިތުން ޖަލަށްލާނެ: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

ހެއްކާ ބެހޭ ގާނޫނުގެ ނާޖައިޒު ފައިދާ ނަގާ ސަރުކާރުން ރައްޔިތުން ޖަލަށްލާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހެއްކާބެހޭ ބިލާމެދު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އޮތް ޙައްލަކީ އައު އިސްލާޙެއް ހުށައެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހެއްކާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހުތަކުގެ ރިޕޯޓު ޖުޑިޝަރީކޮމިޓީއިން ނިންމާފައިވަނިކޮށް އިންޑިޔާގެ އޯޑަރަށް އެޓަރނީ ޖެނެރަލް 15 އިސްލާހެއް ހުށައަޅާ ނޫސްވެރިންނާ ރައްޔިތުންގެ އަސާސީ އެތައްޙައްޤެއް ⁦‬⁩ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިގުޅައިގަނެފައި ކަމަށެވެ. އަދި މީގެ ނާޖާއިޒުފައިދާ ސަރުކާރުންނަގާ ރައްޔިތުން ޖަލަށްލާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މާވަށުދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ޗާޓް ހިންދޫހަރުކަށިފިކުރުން ޑިޒައިންކޮށް ތަންފީޒްކުރަންދިނުމުން އެންމެއަވަހަށް ކަތިވާ ފަރާތަކަށް ވަނީ ނޫސްވެރިން ކަމަށެވެ. އަދި ރިޕޯޓަރުންނާއިއެކު ސެލްފީނެގުމަކުން ހީލަތުގެ ސޫރަފޮރުވިދާނެ ކަމަށް ގަބޫލުކުރުރުމަކީ ކުއްހީއެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ