- Advertisement -ad image

އެއް ޖިންސުން ގުޅުން ހިންގުން ފަދަ ނުބައި އަމަލުތަކުން ދުރުވާނީ ދީނުގައި ހިފަހައްޓައިގެން- ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ޒިނޭ ކުރުމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ނުބައި އަމަލުތަކާއި، ނުރައްކާތެރި ބަލިތަކާއި ބޮޑެތި އަހްލާގީ ކުށްތަަކުން މުޖުތަމައު ސަލާމަތްވާނީ، އިސްލާމްދީނުގައި ހިފަހައްޓައިގެން ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ ފާހިޝް އަމަލުތަކާއި ދުރުވުން، މި މައުޟޫގެ މައްޗަށެވެ.

މި ހުތުބާގައި ވަނީ މިހަަރު ދުނިޔޭގައި ފެތުރޭ އެންމެ ނުރައްކާތެރި ބަލިތައް ފެތުރެން މެދުވެރިވާ ސަބަބަކީ އިސްލާމްދީން ނަހީކުރެއްވި ބޮޑެތި ފާހިޝް އަމަލުތަކަށް އަރައިގަތުން ކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުމާއި، ޒިނޭ ކުރުން އަދި އެކިއެކި ނަހަމަ ޖިންސީ ގުޅުންތަކުގެ ތެރެއަށް މީސްތަކުން ގެބިގެން ދިއުމަކީ އޭގެ ސަބަބުން ކުރީގެ އުއްމަތްތަކަށް ފާޅުނުކުރައްވާ ފަދަ ބަލިމަޑުކަމާއި، ވަބާތައް ފާޅުކުރައްވާނޭ ކަމުގެ އިންޒާރު ކީރިތި ރަސޫލާ ﷺ ދެއްވާފައިވެ އެވެ.

ހުތުބާގައި ވަނީ މީގެކުރިން އުއްމަތްތަކަށް ވެގެން ދިޔަގޮތް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވަނީ އެވާހަކަތަކުން އިބްރަތް ލިބިގަތުމަށް ކަމަށެވެ. އެހެންނަމަވެސް މިކުޑަކުޑަ މުޖުތަމައުގައި ދެ ޖިންސު މަސްހުނިވާގޮތަށް އެކި ނަންނަމުގައި ހަށި ވިއްކުމުގެ ވިޔަފާރި ހިންގާ އެކަމުގެ ތެރެއަށް ކުޑަކުދިން ބައިވެރިކޮށް އަދި އެކުދިންނަށް ޖިންސީ ގޯނާކުރާކަން ހުތުބާގައި ވަނީ ބުނެފަ އެވެ.

އަދި އިސްވެ ދިޔަ އުއްމަތްތަކަށްވެސް މާތް اللهގެ ކޯފާ އާއި އަޒާބު އައިގޮތަށް ވިސްނާ އަމަލުތައް ރަނގަޅުކުރުމަަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިހަރު ފެތުރޭ ނުރައްކާތެރި ބަލިތަކުގެ އަސްލަކީ މިފަދަ ނުބައި ވަބާތައް ކަމަަށް މި ޒަމާނުގެ ޑޮކްަޓަރުންވެސް އިއްތިފާގްވާކަމަަށް ހުތުބާގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ