- Advertisement -ad image

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފި

ad image

ގުޅުންހުރި ލިޔުންތައް

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ބުނީ ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ލަފާ ކުރެވޭ ކަމަށެވެ.

މެޓު އޮފީހުން ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ހަފުތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި އާއްމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. 

އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ. ވީމާ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ