- Advertisement -ad image

ފެންފުށިން ގެއްލުނު ދެ ޒުވާނުން ފެނިއްޖެ، ފަރުވާ ދެމުންދަނިކޮށް އެކަކު ވަނީ ނިޔާވެފައި: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

މޫދަށް އެރިއުޅެނިކޮށް ރާޅަކާއި ދަމައިގަނެ އދ ފެންފުށިން ގެއްލުނު ދެ ޒުވާނުންވެސް ފެނިފައިވާ ކަމަށާއި މިހާރު އެ ދެމީހުންނަށްވެސް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އދ ފެންފުށިން މޫދަށް އެރި އުޅުނު ދެ މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރު އޮއްސި ހައެއް ޖަހާ އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި މިހާދިސާގައި ގެއްލިފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށާއި އިތުރު ފަރުވާ އަށް އދ މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މީގެ ތެރެއިން 23 އަހަރުގެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މިހާރު ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ