- Advertisement -ad image

ސަރުކާރުން އަންނަނީ މުގައްދަސް ހުރިހާ އަގުތަކާއި އަހުލާގީ މިންތައް މުގުރައިލަމުން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އަންނަނީ މުޤައްދަސް ހުރިހާ އަގުތަކާއި އަޚުލާޤީ މިންތައް މުގުރައިލަމުންކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ތަކެއް އާއްމުވެ އެކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅި ގިނަ ދުވަސްތަކެއްވަމުންދާ އިރެއްގައެވެ. ވީޑިއޯގައި ފެންނަ ބައެއް މީހުންނަކީ ސިޔާސީ ބައެއް ވެރިންގެ ތިމާގެ މީހުންނާއި އަދިވެސް ސިޔާސީ ބައެއް މީހުންނެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އަޚުލާޤީ އަދި ދުސްތޫރީ ހަމަތައް ނިޒާމީ ސިފައެއްގައި ސަރުކާރުން ހަފުސްކުރަމުން އަންނަކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމަކީ ހޭލުމަށް ގޮވައިލެވޭ ގޮވައިލުމެއް ކަމުގައި ހެދުމަށެވެ. އަދި ސަރުކާރުން އަންނަނީ މުޤައްދަސް ހުރިހާ އަގުތަކާއި އަޚުލާޤީ މިންތައް މުގުރައިލަމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ