- Advertisement -ad image

އުދައިގެ އަސަރުކޮށް 3 ރަށަކުން 6 އާއިލާއެއް ތިބީ ވަގުތީ ބޯހިޔާވަހިކަމުގައި: އެންޑީއެމްއޭ

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ އުދައެރުމުގެ ސަބަބުން 3 ރަށަކުން 6 އާއިލާއެއް ތިބީ ކައުންސިލް އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން ބުނީ އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކުރެވިފައިވާ ކަމަށާއި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާތަކުން ގެންދަނީ ކުރަމުން ކަމަށްވެސް އެންޑީއެމްއޭ އިން ހާމަކުރެއެވެ.
މީގެ އިތުރުން މިއަދު ށ ބިލެއްފަހި އަށް ރޯޅި އެއް އަރައި 3 ގެއަކަށްވެސް ގެއްލުން ލިބިފައިވެއެވެ. އައްޑޫ އަތޮޅު މަރަދޫއަށް އުދައަރައި 50 ގެއަކަށް ގެއްލުންވެ އެއް އާއިލާއެއް ތިބީ ކައުންސިލް އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އދ ދިއްދޫގެ 8 ގެއަކަށް އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ލިބުނު އިރު ތ ތިމަރަފުށިންވެސް 30 ގެއަށް ގެއްލުންވެ 1 އާއިލާ އަދިވެސް ތިބީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައެވެ. މީގެ އިތުރުންވެސް ގދ ރަތަފަންދޫ އިން 110 ގެއަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ