- Advertisement -ad image

ތިމަރަފުށީ މަގުތަކުން ފެން ހިއްކުން ހުއްޓުމެއް ނެތި ކުރިއަށް

ad image

ގުޅުންހުރި ލިޔުންތައް

ތިމަރަފުށްޓަށް އުދައެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ތ.ތިމަރަފުށީ މަގުތަކުގައި ޕަންޕު ބަހައްޓައިގެން މިއަދުން ފެށިގެން ހުއްޓުމެއްނެތި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ތިމަރަފުށިން ގެއްލުން ލިބެމުންދާ ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައިދީ، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ސިފައިން ހަރަކާތްތެރިވާއިރު، ތިމަރަފުށީގައި ހަރަކާތްތެރިވާ ސިފައިންގެ ޓީމު މިރޭ އެ ރަށުގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އަދި އުދައެރުމާ ގުޅިގެން ބައެއް ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ 10 ރަށަކަށް، ގާތްގަނޑަކަށް 3800 ގޯނި ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ސިފައިން ދަނީ ރަށްރަށަށް ގުޅައި އެ ރަށްތަކުގެ ހާލަތު ބަލަމުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ

އެންޑީއެމްއޭ އިން ހާމަކުރާ ގޮތުގައި ތިމަރަފުށީން 30 ގެއަށް ގެއްލުންވެ 1 އާއިލާ ތިބީ ކައުންސިލްގެ ވަގުތީ ބޯހިޔާވަހިކަމުގައެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ