- Advertisement -ad image

ރާއްޖެއިން މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖާޖީންވެސް ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް

1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ  ޙައްޖުވެރިންގެ ސައުދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަަށްދާ މީހުންގެ ފުރަތަމަ ގުރޫޕް ސައޫދީ އެއާލައިނުން ފުރައިފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދިޔަ ފުރަތަމަ ގުރޫޕުގައި 157 މީހުން މައްކާއަށް ދިޔައެވެ.
އަދި ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދެވަނަ ގުރޫޕު ފުރީ ޖޫން 29 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 175 ހައްޖުވެރިން ފުރާފައެވެ.
އަދި ރޭ ވަނީ ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕު ފުރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 121 ހައްޖުވެރިންނެވެ. މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި 9 ވާ ހުކުރު ދުވަހެވެ.

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ފޮނުވާފައިވަނީ ހަމަ އެކަނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ