- Advertisement -ad image

އުދަ އެރުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލި ފެތުރިދާނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާއި އުދައެރުމުގެ ކާރިޘާ ތަކުގައި އެކިކަހަލަ އަސަރުތައް އެރައްތަކުގެ ރައްޔިތުންނަށް ކުރާނެ ކަމަށާއި އެގޮތުން ގައިންގަޔަށް އަރާބަލިތައް ގިނަވުން އެކަށީގެންވާ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން އެންމެ އާންމުކޮށް ގިނަވެދާނެ ބައްޔަކީ ބޭރަށްހިންގުން ކަމަށެވެ.
އެހެންކަމުން ކެއިން ބުއިމުގައި ސާފު ބޯފެން ބޭނުންކުރުން މުހިއްމު ކަމަށާއި ކައްކާ ހިހޫކޮށްފައި ހުންނަ ބޯފެން ބޭނުން ކުރުން ރަގަނޅު ކަމަށް ވިދާޅުވެފައިވެއެވެ.
‏އަދި ކެއުމުގެ ކުރިންނާއި ފަހުންވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ކެއުމަށް ބޭނުންކުރާ ތަށި ސަމްސާ ރަނގަޅަށް ދޮވެފައި ބޭނުންކުރުމަށްވެސް ވަނީ އެދެފައެވެ.
ބޭރަށްހިންގާނަމަ ލޮނުޕެކެޓް ބޭނުން ކުރުމާއެކު
‏ކައްކާ ހިހޫކޮށްފައި ހުންނަފެނުގައި ލޮނުޕެކެޓް ތައްޔާރުކުރުމަށް ވެސް ޑރ މުހައްމަދު އަލީ ނަސޭހަތްތެރިވެފައިވެއެވެ.
‏މީގެ އިތުރުންވެސް 1 ލިޓަރު ފެނަށް 1 ޕެކެޓް އޯ.އާރ.އެސް އަޅައިގެން ތައްޔާރުކުރުން އަދި ލޮނުޕެކެޓް ތައްޔާރު ކުރާތާ 24 ގަޑިއިރުތެރޭ ހުސްނުވާ ބައި އުކާލުމަށް ސަމާލުކަން ދިނުމަށްވެސް ޑރ ވަނީ އިރުޝާދުދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ